މިނިވަންކަން ހޯދައި އެ މިނިވަންކަން ދެމެހެއްޓުމަކީ ދިވެހިން ދޫކުރާނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 57 މިނިވަން ދުވަހުގެ މުނާސަބާގައި ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުވައްމުން ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ދިވެހިންނަކީ އަބަދުމެ މިނިވަނަ ކަމަށް ލޯބިކުރާ ބައެއް ކަމަށެވެ.
"އެ މިނިވަންކަން ހޯދުމަށް އަދި ދެމެހެއްޓުމަށް ގުރުބާންވާ ބައެއް، މި ގޮތް އަޅުގަނޑުމެން ދިވެހިން ދުލެއް ނުކުރާނެ، އެންމެ ދިވެހިންނަށް ދުވަހުގެ ތަހުނިޔާ،" ރައީސް ނަޝީދުގެ ޓުވީޓުގައިވެއެވެ.
ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ޕްރޮގްރާމްގެ ތެރެއިން މިއަދު ހެނދުނު ވަނީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއަދު ހެނދުނު 5:50 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީން ވަނީ ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައިވެރިވެ ވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ދިދަ ނެންގެވުމުގެ އިތުރުން ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކޮށްފައިވެއެވެ. އިސްވެ މި ދުއާ ކޮށްދެއްވާފައިވަނީ އައްޝައިހު އަހުމަދު މައުމޫނެއެވެ.
މުޅި ދުނިޔެއަށް ދިމާވެފައިވާ އިގުތިސާދީ ދަތި ހާލަތުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކޮށްފާނެ ނޭދެވޭ އަސަރުތަކަށް ބަލައި ހަރަދު ކުޑަކުރުމުގެ ގޮތުން މިއަހަރުގެ މިނިވަން ދުވަހުގެ ހާއްސަ ޖަލްސާ އާއި ފުޅަދު ބުރުގެ އިތުރުން ހަވާ އެރުވުންވެސް ވަނީ ކެންސަލްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު