އިނގިރޭސިވިލާތުގެ ބާމިންހަމްގެ ފެސްޓިވަލެއްގައި ބެހެއްޓުނު ގާޑިޔަލަކުން މީގެ ފަސްއަހަރު ކުރިން ވިއްކި ފިހުނު އޫރުމަސް ކައިގެން ބަނޑު ސަކަރާތްވެ ވައިބޭރުވުން ނުހުއްޓިގެން އުޅޭ މީހަކު ދެލައްކަ ޕައުންޑުގެ ބަދަލެއް ހޯދުމަށް އެ ފެސްޓިވަލް އިންތިޒާމުކުރި ފަރާތާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ.
އުމުރުން 46 އަހަރުވީ ޓައިރަން ޕްރަޑެސް ބުނާގޮތުގައި ބާމިންހަމުގެ ކްރިސްމަސް ފެސްޓިވަލަކުން ފިހުނު އޫރުމަސް އޭނާ ކެއީ 2017 ވަނަ އަހަރުއެވެ. އޭގެފަހުން ބަނޑުގައި ވައިހެދުން ގިނަވެ އެއްވެސް ކޮންޓްރޯލެއްނެތި ވައިބޭރުވުން އަދިވެސް ނުހުއްޓެއެވެ. އެކިއެކި ޑޮކްޓަރުންނަށް ދައްކައިގެން އެކިއެކި ފަރުވާއަށް އެތައްހާސް ޕައުންޑެއް ޚަރަދުކުރެވުނުއިރުވެސް ލިބުނު ފަރުވާއެއް ނެތެވެ. ނަތީޖާއެއް ނުފެނެއެވެ. މިކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ލައްކަ ގިނަގުނަ ގެއްލުންތައް ލިބިފައިވާ ކަމަށް ބުނެއެވެ.
ޕްރަޑެސް ބުނާގޮތުގައި އޭނާގެ ބަލީގެ އަސްލަކީ ޒާތެއްގެ ނުރައްކާތެރި ބެކްޓީރިޔާއެއް ހުރި މަސްކެވުމެވެ. އެ މަސްކެއިތާ އެއްދުވަސް ފަހުން އޭނާ ހަސްފަތާލުގައި އެނދުމަތިކުރި ގޮތަށް ހަ ހަފުތާ ވަންދެން އަސްފަތާލުގައި އޮންނާން ޖެހުނެވެ. އެތަނުން ދޫކުރިފަހުންވެސް ބަނޑުގައި ވައިހެދި ފުފިގެން މީހުންގެ ތެރޭގައިވެސް ޒާތްޒާތުގެ އަޑުއަޑު ބަނޑުތެރެއިން އިވުމާއި ކުއްލިކުއްލިޔަށް ވައިބޭރުވުންފަދަ މައްސަލަތައް އޭނާ ގެންދަނީ ތަޖުރިބާކުރަމުންނެވެ. މިިކަމާހެދި ގިނަ މީހުން އެއްވާ ތަންތަނަށް ދާން އުޒުރުވެރިވެއެވެ. ގާތްތިމާގެ މީހުންވެސް އޭނާޔާއެކު އުޅުން މަދުކޮށްފިއެވެ. ނުވަތަ ހުއްޓާލައިފިއެވެ.
މި ފެސްޓިވަލް އިންތިޒާމުކުރީ ފްރެންކްފަޓް ކްރިސްމަސް މާރކެޓް ލިމިޓެޑް ކިޔާ ގްރޫޕަކުންނެވެ. އެމީހުން ބުނާގޮތުގައި ޕްރަޑެސް އެބުނާކަހަލަ ބެކްޓީރިޔާއެއް އެމީހުން ވިއްކި މަހެއްގައި ނުހުންނާނެއެވެ. މީސްމީހުންގެ ބަނޑުގައި ވައިހެދި ވައިބޭރުވުމަކީ ކުންފުނިން ޒިންމާވާންޖެހޭ ކަމެއް ނޫންކަމަށާއި މި ދައުވާއަކީ ކޮންމެވެސް ހުއްޖަތެއް ދައްކައިގެން ލާރިތަކެއް އަތުލުމުގެ ނިޔަތުގައި ކޮށްގެން އުޅޭ ހައްގު ނޫން ދައުވާއެއްކަމަށްވެސް ބުނެއެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު