ބިގް ބޮސް ޝޯއަށް ވައްދާނެކަމަށް ބުނެ ބޯޕާލްގެ ޑރ. އަބިނީތު ގުޕްތާގެ އަތުން މަކަރާއި ހީލަތުން 10 ލައްކަ ރުޕީސް ނެގި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.
މިކަން ހިނގާފައިވަނީ 2022 ވަނަ އަހަރު ކަރަން ސިންގް ނަމަކަށް ކިޔާ މީހަކު، މުނިފޫހިފިލުވުމުގެ ދާއިރާގައި ގުޅުންތައް ހުރި ކަމަށް ބުނެ، ޑރ. އަބިނީތަށް ބިގް ބޮސް ޝޯއަށް ވަނުމަށް މަގުފަހިކޮށްދޭނެ ކަމަށް ވައުދުވުމުންނެވެ. ޝޯއަށް ވަނުމުގެ އުއްމީދުގައި ޑރ. އަބިނީތު އޭނާއަށް 10 ލައްކަ ރުޕީސް ފޮނުވިއެވެ. ނަމަވެސް، ޝޯގެ ރަސްމީ ކޮންޓެސްޓެންޓުންގެ ލިސްޓުން އޭނާގެ ނަން ފެނިފައެއް ނުވެއެވެ.
ޑރ. އަބިނީތު ސުވާލުކުރުމުން ކަރަން ބުނީ އޭނާ ފަހުން ވައިލްޑްކާޑް ކޮންޓެސްޓެންޓެއްގެ ގޮތުގައި ޝޯއަށް ވަންނާނެ ކަމަށެވެ. މަސްތަކެއް ފާއިތުވީއިރުވެސް ކަރަންގެ ހަބަރެއް ނުވެ ގުޅުން ހުއްޓާލައި ފޯނު ވެސް ނިއްވާލިއެވެ. ޑރ. އަބިނީތު މިކަން ފުލުހުންނަށް ރިޕޯޓުކުރުމުން، ފުލުހުން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ސަލްމާން ޚާން
ސަލްމާން ޚާން
ސަލްމާން ޚާން
ސަލްމާން ޚާން