މަޝްހޫރު ކޮފީ ޗެއިން ސްޓާބަކްސް އިން އިންޓަނެޓް ސެންސޭޝަން ޑޮލީ ޗައިވާލާ ސްޓާބަކްސްގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސި ކަމަށް ބުނެ ފަތުރެމުންދާ ވާހަކަތައް ދޮގުކޮށްފިއެވެ.

ސްޓާބަކްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގައި އެ ކުންފުނީގެ ރަސްމީ ބްރޭންޑް އެމްބެސެޑަރެއް ނެތް ކަމަށެވެ. އަދި ޑޮލީ ޗައިވާލާ އާއެކު އެއްވެސް އެއްބަސްވުމެއް ނުހަދާ ކަމަށް ބުނެފައިވެއެވެ.

މި ވާހަކަތައް ފެތުރުނީ އޭޕްރިލް ފޫލްސް ޑޭގެ މީމްއަކާ ގުޅިގެންނެވެ. ސޯޝަލް މީޑިއާގައި މީހަކު ވަނީ ޑޮލީ ޗައިވާލާ ސްޓާބަކްސްގެ ރަސްމީ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސި ކަމަށް ބުނެ ޕޯސްޓެއް ކޮށްފައެވެ. މި ޕޯސްޓް ގިނަ ބަޔަކު ޝެއާކުރިއެވެ.

ޑޮލީ ޗައިވާލާގެ އަސްލު ނަމަކީ ސުނިލް ޕަޓިލް އެވެ. އޭނާ މަޝްހޫރުވެފައިވަނީ ހާއްސަ ގޮތަކަށް ސައި ހަދާތީއެވެ. އޭނާ އާންމުކޮށް ފެންނަނީ ވެސްޓްކޯޓެއްގައި ބޮޑު އަވިއައިނެއް އަދި ކަރުގައި ގިނަ ރަންއަޅައިގެން ހުއްޓައެވެ. މިދިޔަ އަހަރު ބިލް ގޭޓްސް އޭނާގެ ފިހާރައަށް ސައި ބޯން ދިއުމުން އޭނާ ވަރަށް ބޮޑަށް މަޝްހޫރުވިއެވެ.

ސްޓާބަކްސް އިން ބުނެފައިވަނީ މި ފެތުރޭ ވާހަކަތަކަކީ އެހެން ފަރާތަކުން އުފެއްދި މީމްއެއް ކަމަށާއި، އެއީ ރަސްމީ ކެމްޕޭނެއްގެ ގޮތުގައި ބައެއް މީހުނަށް ހީވީކަމަށެވެ. މި މައްސަލައާ ގުޅިގެން ސްޓާބަކްސް އިން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނާއި މުޖުތަމައުގެ އިތުބާރު ވަރަށް މުހިންމު ކަމަށް ބުނެފައެވެ.