ރާއްޖެ އަށް "ބެސްޓް އައިލެންޑް އިން އޭޝިއާ" އެވޯޑު ލިބިއްޖެއެވެ.
ޓްރެވެލް ޕްލަސް ލެޝާ އިން ބުދަ ދުވަހު އެމެރިކާގެ ނިއު ޔޯކުގައި ބޭއްވި "ވޯލްޑް ބެސްޓް އެވޯޑްސް 2022" ޝޯގައި އެ އެވޯޑާ ހަވާލުވެވަޑައިގެންނެވީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސެއިނެވެ.
ޓްރެވެލް ޕްލަސް ލެޝާ މަޖައްލާގެ ކިޔުންތެރިންގެ ވޯޓުން ހޮވާ "ވޯލްޑް ބެސްޓް އެވާޑްސް" ގެ ދުނިޔެއިން އެންމެ ފުރިހަމަ ރަށްތަކުގެ ލިސްޓުގެ ދެވަނަ ވެސް ހޯދީ ރާއްޖެއެވެ.
ވޯލްޑް ބެސްޑް އެވޯޑްސް ބިނާވެފައިވަނީ ޓްރެވެލް ޕްލަސް ލެޝާ މަޖައްލާއިން ކުރިއަށް ގެންދާ ކިއުންތެރިންގެ ސަވާއެއްގެ ނާތީޖީ އަށެވެ. އެ ސާވޭގައި ކިޔުންތެރިން ދުނިޔޭގެ އެކި ހިސާބުތަކަށް ކުރާ ދަތުރުތަކުގެ ތަޖުރިބާތަކާއި، އެތަންތަނުގެ ގުދުރަތީ ރީތިކަމާއި، ގޮނޑުދޮށްތަކާއި، އެތަނުގެ ހަރަކާތްތަކާއި މީހުންގެ ގާތްކަން އަދި ހުރިހާގޮތަކުން ވެސް އެންމެ ކަމުދާ މަންޒިލްތައް ރޭޓް ކުރަން ޖެހެއެވެ.
ރާއްޖެއާ އެންމެ ކައިރިން ބެސްޓް އައިލެންޑް އިން އޭޝިއާ އެވޯޑަށް ވާދަކުރީ އިންޑޮނޭޝިއާއެވެ. ދެން ތައިލެންޑެވެ.
ރާއްޖޭގެ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ވަނީ ދުނިޔޭގެ ތިން ވަނަ ހޮޓަލަކަށް ހޮވިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު