ޑޮލަރު ގަންނަން ކުރި އިއުލާން ބާތިލުކުރަން އެއްވެސް ފަރާތްތަކުން އަންގާފައިނުވާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
ޑޮލަރު ގަންނަން ބޭނުންވާ ކަމަށް ބުނެ އާރްޑީސީން ސަރުކާރުގެ ގެޒެޓުގައި ޖެހި އިއުލާނަކާ ގުޅިގެން ގިނަ ބަޔަކު ސަރުކާރަށާއި އާރްޑީސީއަށް ފާޑުކިޔަން ފެށިއެވެ. އެހެންވެ، އެމްއެމްއޭއިން އަންގައިގެން އެ އިއުލާން ބާތިލުކުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރިއެވެ.
އެކަމާ ގުޅިގެން ރޭ އާރްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޑޮލަރު ގަންނަން ކުރި އިއުލާން ބާތިލުކުރީ ފިނޭންސް މިނިސްޓްރީން އާރްޑީސީއަށް ބޭނުންވާ ޑޮލަރު ހަމަޖައްސައިދިނުމުން ކަމަށެވެ.
"އިއުލާން ބާތިލުކޮށްފައި ވަނީ މިނިސްޓްރީން ނުވަތަ އެހެން ފަރާތްތަކުންވެސް އެކަން ކުރުމަށް މި ކޯޕަރޭޝަނަށް އެންގުމުން ނޫން ކަމަށާއި މި ކޯޕަރޭޝަނަށް ބޭނުންވާ ޑޮލަރު މިނިސްޓްރީ އޮފް ފިނޭންސުން ހަމަޖެހުމުން އެހެން ފަރާތަކުން އިތުރު ޑޮލަރު ގަތުމުގެ ބޭނުން ނެތުމުގެ ސަބަބުން ކަމުގައި ދެންނެވީމެވެ.،" ބަޔާނުގައިވެއެވެ.
ސަރުކާރު ކުންފުނިތަކުން ވަނީ މީގެ ކުރިންވެސް އިއުލާނުކޮށްގެން ޑޮލަރު ގަނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު