އާބާދީގެ ނިސްބަތުން އަމިއްލަ ވިޔަފާރިތައް ހިންގާ އަންހެނުން އެންމެ ގިނަ ގައުމަކަށް އެފްރިކާގެ ގައުމެއް ކަމަށްވާ ބޮޓްސްވާނާ ހޮވިއްޖެއެވެ.
ގާތްގަޑަކަށް 2.3 މިލިޔަން މީހުންގެ އާބާދީއެއް އެކުލެވޭ ބޮޓްސްވާނާއަށް އަންހެން ވިޔަފާރިވެރިން ގިންތިކުރާ މާސްޓަރ ކާޑް އިންޑެކުހުން 38.5 އިންސައްތަޔާއެކު އެއްވަނަ ލިބޭއިރު މި ލިސްޓުން ދެވަނަޔާއި ތިންވަނަ ލިބެނީވެސް އެފްރިކާގެ ގައުމުތަކަށެވެ. އެއީ ޔޫގެންޑާއާއި ގާނާއެވެ.
އާބާދީގެ ނިސްބަތުން ގައުމުގެ އިގްތިސާދަށް ފައިސާ ވެއްދުމުގެ ގޮތުން ބޮޓްސްވާނާ އުޅެނީ ކެނެޑެޔާއާއި އޮސްޓްރޭލިޔާ އާއި ނިއުޒިލެންޑް އަދި އެމެރިކާޔާއި ސުވިޒަލެންޑަށްވުރެވެސް ކުރީގައެވެ. މިއީ މި އިންޑެކުހުން ބޮޓްސްވާނާއަށް ވިދިވިދިގެން އެއްވަނަ ލިބުނު ތިންވަނަ ފަހަރެވެ.
ވިޔަފާރީގައި އަންހެނުން ނަމޫނާ ދައްކާ ގައުމުތަކުގެ ލިސްޓުން އެފްރިކާގެ ތިން ހަތަރު ގައުމެއް އެންމެ ކުރީގައި އުޅުނަސް ޖުމްލަ ގޮތެއްގައި އެފްރިކާ ބައްރު އުޅެނީ ތަންކޮޅެއް ފަހަތުގައެވެ. ތައުލީމަށް ހުޅުވިފައި އޮންނަ ފުރުސަތާއި ލޯނު ލިބުމަށް ހުޅުވިފައި ހުންނަ ދޮރުތަކާއި އަދި އެނޫންވެސް ކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ ތަފާތު އެފްރިކާގެ ގިނަ ގައުމުތަކުގައި އަދިވެސް ވަރަށް ބޮޑެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ