ހދ. މަކުނުދޫ ފެރީ ހަޓް ހެދުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މަކުނުދޫގައި ހެދި ފެރީ ހަޓުގައި ކިއޮސްކްއަކާއި ވެއިޓިން އޭރިއާއެއްގެ އިތުރުން ޔުނިވާސަލް ފާހާނާއެއްވެސް ހުންނާނެއެވެ.

އެމްޓީސީސީން ބުނީ، މި ފެރީ ހަޓަކީ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ފެރީގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށްވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

މި ފެރީ ސްޓޮޕަކީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1ގެ ދަށުން ގާއިމުކުރި ފެރީ ސްޓޮޕެކެވެ. އެ ފިޔަވަހީގެ ދަށުން އިހަވަންދޫގައި ފެރީ ޓާމިނަލެއް ހަދައި ނިމިފައިވާ އިރު، ފިނޭއާއި ނާވައިދޫ އަދި ނޭކުރެންދޫ ފެރީ ހަޓްގެ މަސައްކަތްވެސް ވަނީ ނިންމާލައިފައެވެ.