އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވުމަށްޓަކައި އެޕާޓީގެ 400 އަށްވުރެ ގިނަ ގޮފި އުފައްދަން ހުށަހަޅައިފިއެވެ.
އަންނަ މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވެވޭނީ، މިމަހުގެ 15 ގެ ނިޔަލަށް އުފައްދާފައިވާ ގޮފިތަކުގެ ރައީސުންނަށް އެކަންޏެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން، މާލީ އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ "ވަން" އަށް މިއަދު ވިދާޅުވީ، 419 ގޮފި އަލަށް ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.
"މީގެ ތެރޭގައި އެބަ ހިމެނޭ އަލަށް އެކުލަވާލި ގޮފިތައް އަދި މިހާރު ހުރި ގޮފިތައް. އަލުން ރުކުރުވާލަން ޖެހޭ ގޮފިތައްވެސް ހިމެނޭ،" އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
އަހުމަދު އަބްދުﷲ ވިދާޅުވި ގޮތުގައި މި މަސް ނިމުމުގެ ކުރިން އެ ގޮފިތަކުގެ ސައްހަކަން ކަށަވަރުކުރާނެއެވެ. އަދި އަންނަ މަހު ބާއްވާ ކޮންގްރެސްގައި ޖުމުލަ 1،200 ފަރާތަކުން ބައިވެރިވާނެ ކަމަށް ވިދާޅުވިއެވެ.
- ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ޖުމުލަ ވޯޓުގެ 30 ޕަސަންޓަށް ވުރެ މަދު ނޫން އަދަދަކަށް ވޯޓު ލިބިފައިވާނަމަ އެއީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުން
- ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ޖުމުލަ ވޯޓުގެ 30 ޕަސަންޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ކަނޑައެޅުން
- ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އެ ވޯޓުގެ ނަތީޖާއާ އެއްގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން އެއްބަސްވުން
- ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުން
- މިނިވަން މުއައްސަސާތަކުގެ އަދަދާއި އެ މުއައްސަސާތައް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުން
އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޯލިޝަނަކާއެކު އެމަނިކުފާނަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށާއި އެމްޑީޕީން ވެރިކަމަށް އަންނަން ބޭނުން ނަމަ އެކަނިކުފާނަކީ "ޗޮއިސް" އެއް ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެކަމާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން، ދެވަނަ ދައުރެއް ރައީސް ސޯލިހަށް ދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އަދި ވެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ "ޝަރުތު" ހަމަވާ ބޭފުޅެއް ކަމަށާއި ވެރިކަމަށް އައުމަށް އެމްޑީޕީން ތިންވަނަ ވިސްނުމެއް ގެންގުޅުން މުހިންމު ކަމަށް ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު