އުރީދޫ މޯލްޑިވްސް އާއި ޕްރޯލެޕް ޕާޓްނާވެ ސްކޫލް ކުދިންނަށް ފަސޭހަ މިނީ ޑިވައިސްއަކާއެކު 240 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ހިލޭ ލިބޭ ހާއްސަ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން މިއަދު އިއުލާނުކޮށްފިއެވެ.
އުރީދޫން ބުނީ، ކިޔެވުމާއި ކިޔަވާދިނުން އަދި މިނޫންވެސް އެހެނިހެން ހިދުމަތް ފޯރުކޮށްދިނުމުގައާއި ލިބިގަތުމުގައި ޑިޖިޓަލް ޑިވައިސްތަކުގެ މުހިންމުކަން އިތުރުވެފައިވާ އިރު، މި އޮފާގެ މަގުސަދަކީ ކިޔެވުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު، ކިޔަވާ ކުދިންނަށާއި ބެލެނިވެރިންނަށް ފަސޭހަކަމާއެކު ގަތުމުގެ ފުރުސަތު ހުޅުވާލުން ކަމަށެވެ.
އެގޮތުން މިއަދު ލޯންޗުކުރި "ބެކް ޓު ސްކޫލް" އޮފާގެ ދަށުން ޕްރޯލެޕުން ގަންނަ ކޮންމެ ލެޕްޓޮޕަކާއެކު އުރީދޫ މޯލްޑިވްސްގެ ފަސޭހަ މިނީ ޑިވައިސްއަކާއި 240 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ލިބޭނެއެވެ. ލެޕްޓޮޕާއެކު ހިލޭ ލިބޭ ފަސޭހަ މިނީ ޑިވައިސް މެދުވެރިކޮށް ރީޗާޖްކުރާ ފުރަތަމަ 12 ފަހަރު، ކުރާ ކޮންމެ ރީޗާޖަކަށް 20 ޖީބީ ބޯނަސް ޑޭޓާވެސް ލިބޭނެއެވެ. އަދި ޕްރޯލެޕުން ހަދިޔާކުރާ ހިލޭ ލެޕްޓޮޕް ކޭސް އެއްވެސް މި އޮފާގައި ހިމެނެއެވެ.
"އަޅުގަނޑުމެން އާއްމުކޮށް ކަންކުރާ ގޮތްތަކަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ. އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގައިވެސް، ދަރިވަރުންގެ ކިޔެވުން އަދި އާންމު ދިރިއުޅުމުގެ ކަންކަންމުގައިވެސް އިންޓަނެޓުގެ ހިދުމަތް މިވަނީ މުހިންމުވެފައި. އަދުގެ ދުނިޔޭގައި، ދަރިވަރުންނަށާއި ޓީޗަރުންނަށްވެސް އިންޓަނެޓް މެދުވެރިކޮށް އެތަކެއް ތައުލީމީ ފުރުސަތުތަކެއް ފަހިވެގެންދޭ. ވުމާއެކު ޕްރޯލެޕް އާއެކު މި ލޯންޗްކުރި އޮފާ މެދުވެރިކޮށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ބައްލަވައިގަތުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ،" އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެން ނިޔާޒް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު