ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމްގެ ބަންދުގެ މުއްދަތު 16 ދުވަހަށް އިތުރުކޮށްފިއެވެ.
ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހަރަކާތެއް ކުރިއަށް ދަނިކޮށް އެތަނަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ ބިރުވެރިކަން އުފެއްދި މައްސަލައިގައި ޝައިހް ނިޝާން ހައްޔަރުކޮށް ފުރަތަމަ ބަންދުކުރީ ހަތް ދުވަހަށެވެ.
އޭގެ ފަހުން އެކިފަހަރު މަތިން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް އިތުރު 16 ދުވަސް ޖަހައިފައެވެ.
ޝައިހް ނިޝާންގެ ބަންދުގެ މުއްދަތު އިތުރުކުރި ޝައިހް ނިޝާންއާއި ޝައިހް ފަޒްލޫންގެ ބަންދުގެ މައްސަލަ އެ ބޭފުޅުންގެ ފަރާތުން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް 21 މީހަކު ހައްޔަރުކޮށްފައިވާއިރު ހަތް މީހަކު ވަނީ ދޫކޮށްލައިފަ އެވެ.
ޚަބަރު
ޚަބަރު