ބަނޑޮސް އައިލެންޑް ރިސޯޓް (ކ. ބަނޑޮސް) ގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ބަނޑޮސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ (ހުޅަނގު އިރުމަތީ ކޮޅު) ދަށުން ބޭރުތޮށީގެ ޕްރޮފައިލިން މަސަައްކަތްތައް މިއަދު ފަށާފައިވާ ކަމަށެވެ.

ބަނޑޮސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފެށުމަށް އެ ސަރަހައްދު އެމްޓީސީސީން މޮބިލައިޒްކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

ބަނޑޮހުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އޯކިޑް ހޮލްޑިން ކުންފުނިންނެވެ. އެ މަޝްރޫއުގެ ދަށުން 557 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.

އެމްޓީސީސީއަކީ މީހުން ދިރިއުޅޭ ރަށްރަށުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ އިތުރުން ޓޫރިޒަމް ދާއިރާގެ އުމްރާނީ މަޝްރޫއުތައް ވެސް ހިންގާ ކުންފުންޏެކެވެ.