ބ. ދަރަަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 56 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި އެމްޓީސީސީން ބުނެފިއެވެ.
ދަރަަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާ ބެހޭ އަޕްޑޭޓް ދެމުން އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދެބައިކުޅަ އެއްބަޔަށްވުރެ އިތުރަށް ނިމިފައިވާއިރު އެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
ނޮވެމްބަރު 25، 2021ގައި ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 22.14 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން 10،800 ކިއުބިކް މީޓަރުގެ ވެލި، ގިރާ ސަރަހައްދަށް އެޅުމާއި 490 މީޓަރުގެ ބޭރުތޮށިލުމާއި 96 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު