މޯލްޑިވިއަން ނާސިން އެސޯސިއޭޝަން (އެމްއެންއޭ) އާއި އީބީޕީ ހެލްތު ޗެމްޕިއަންސް މޯލްޑިވްސް (އީބީޕީއެޗްސީ މޯލްޑިވްސް) ގުޅިގެން ބާއްވާ 2022 ވަނަ އަހަރުގެ އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތުކެއާ ޕްރޮފެޝަނަލްސް (އައިޖޭސީއެޗްޕީ) ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
މިމަހުގެ 18 އިން 20 ގެ ނިޔަލަށް ބަންޑޮސް މޯލްޑިވްސްގައި ބާއްވާ އެ ކޮންފަރެންސްގެ ޝިއާރަކީ 'މޫވިން ފްރޮމް ސައިލޯސް ޓު ސިނާޖީ އިން އެވިޑެންސް ބޭސްޑް ޕްރެކްޓިސް' އެވެ. މި ޝިއާރުގެ ދަށުން ބައިވެރިންނަށް އެހެން ތަފާތު ސިއްހީ ފަންނުތަކުގެ މުވައްޒަފުންނާއެކު މަޝްވަރާތައްކޮށް، ތަސައްވުރު ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިއަހަރުގެ ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުން 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ސިއްހީ ތަޖުރިބާކަރުންނާއި ޔުނިވާސިޓީތަކާއި ދަރިވަރުންނާއި ރިސާޗަރުންނާއި ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުން އަދި ކޮންސަލްޓަންޓުން ހިމެނެއެވެ. އަދި އެ ކޮންފަރެންސްގެ ޒަރިއްޔާއިން އެ ފަރާތްތަކަށް ރާއްޖޭގެ މިހާރުގެ އަދި މުސްތަގުބަލުގެ ސިއްހީ ދާއިރާ އަދި ހިދުމަތްތެރިންނާ ގުޅުންހުރި މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.
ދިރާގުން ބުނީ ރާއްޖޭގެ އަސާސީ ހިދުމަތްދޭ ދާއިރާތައް ކުރިއެރުވުމަށް ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުން ގުޅިގެން ކުރާ މަސައްކަތްތަކަށް އެ ކުންފުނިން އަބަދުވެސް ހާއްސަ އަހައްމިއްޔަތުކަމަކާއި އެއްބާރުލުންދެމުންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު