ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އަރާމު ހޮލިޑޭސް މިޔަޓް ފުޓްސަލް ފިއެސްޓާގެ އެންމެފަހުގެ ޗެމްޕިއަން، ކަންމަތި އެފްސީ މިއަހަރުގެ ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.
ކަންމަތި އެފްސީއަކީ މިޔަޓް ފުޓްސަލް ޗެލެންޖުގެ އެންމެ ކާމިޔާބު ޓީމުވެސް މެއެވެ. އެޓީމު މިފަހަރުގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔައީ ރޭ ދިއްފުށި ކައިރީ 6-2 އިން ބަލި ވެގެންނެވެ. އެ ގްރޫޕުން ދިއްފުށީގެ އިތުރުން ދެން ކުއާޓާ ޔަގީންކުރީ ކ. ގާފަރެވެ. ރޭގެ މެޗުގައި ދިއްފުށީގެ ގޯލުތައް ޖަހައިދިނީ މާޒިން އަދި އިބްރާހީމެވެ. މާޒިން މެޗުގައި ފަސް ގޯލު ޖެހިއެވެ. ކަންމަތީގެ ގޯލުތައް ޖެހީ ސިނާހާއި މުއީޒެވެ.
ރޭ ވަނީ ގްރޫޕް ސްޓޭޖުގެ އިތުރު މެޗުތައްވެސް ކުޅެފައެވެ. ގްރޫޕް ޑީގައި އެޕޮކްލިޕްސްއިން ކުޅުނު މެޗުގައި ބްލެކް އީގަލްސް އެންޖީ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އެޕޮކްލިޕްސްއިން ކުއާޓާ ޔަގީންކުރި އިރު، ރޭގެ މެޗުގެ ގޯލުތައް ޖަހައިދިނީ ސިޒާން އާއި ވިފާގު އަދި އިސްމާއީލް ވަޖީހު (ވައްޖެ) އެވެ. ވައްޖެ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
ރޭ ގްރޫޕް ބީގައި ހިންމަފުށިން ވަނީ 7-4 އިން ބްލެކް އީގަލްސް ބަލިކޮށްފައެވެ. އެ މެޗުގައި ހިންމަފުށީ ޔާސިރު ހެޓްރިކް ހެދި އިރު، ޖައިލަމް ދެ ގޯލު ޖެހިއެވެ. އެޓީމުގެ އަނެއް ގޯލުތައް ޖަހައިދިނީ އިންހާލާއި ނިހާލެވެ. ބްލެކް އީގަލްސްގެ ގޯލުތައް ޖަހައިދިނީ ފާރިޝް އާއި ޔަޒީދެވެ. އޭގެން ކޮންމެ ކުޅުންތެރިޔަކު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމުކުރާ މިއަހަރުގެ މުބާރާތުގައި 14 ޓީމަކުން ވާދަކުރެއެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ އަދި ބީގައި ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭ އިރު، އަނެއް ދެ ގްރޫޕުގައި ހިމެނެނީ ކޮންމެ ގްރޫޕެއްގައި ތިން ޓީމެވެ.
މިޔަޓް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމަށް ހުޅުވާލީ ކ. އަތޮޅަށެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ކޮންމެ ރަށަކަށްވެސް އެއް ޓީމަށްވުރެ ގިނަ ޓީމުތަކަށް ބައިވެރިކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
20:30 އެމްޕަޔާ އެސްސީ - އެއިޓް ޓު ނައިން އެފްސީ
21:30 ބްލެކް އީގަލްސް ޖޫނިއާ - ޓީމް ކޭވީ
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް