އަމާންކަމެއް ނެތް މުޖުތަމައެއް އެއްވެސް މައިދާނެއްގައި ތަރައްގީ ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"އިޖުތިމާއީ އަމާނަކަމުގެ މުހިންމުކަން" މި މައުލޫއަށް މިއަދު ދިން ޖުތުބާގައި ބުނީ އިސްލާމް ދީން މުޖުތަމައުގެ ހުރިހާ އަފުރާދުންނަށް އަމާން ކަން ހޯދައިދިނުމަށް ނުހަނު ބޮޑު އިސްކަމެއްދީފައިވާ ކަމަށެވެ. އަދި އަމާންކަން ނެތް މުޖުތަމައެއް އެއްވެސް މައިދާނެއްގައި ތަރައްގީ ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
އަމާންކަން ނެތީވިއްޔާ އެމީހެއްގެ ޖާނާއި މާލު ރައްކާތެރިނުވެވޭނެ ކަމަށާއި އަބުރާއި އިއްޒަތްވެސް ހިމާޔަތް ނުކުރެވޭނެ ކަމަށް ހުތުބާގަައި ބުންޏެވެ. އަދި މިފަދަ ވެއްޓެއްގައި ދިރިއުޅޭ ބަޔަކަށް ފުރިހަމަ ސިއްހަތާއި ތަނަވަސްކަމުގެ އުފަލެއްވެސް ނުލިބޭނެ ކަމަށާއި އަބަދުމެ ތިބެން ޖެހޭނީ ކަންބޮޑުވުމާއި ހާސްކަމުގެ ތެރޭގައި ކަމަށް ހުތުބާގައި ބުންޏެވެ.
އެހެންނަމަވެސް އަމާންވެއްޓެއްގެ އަފްރާދުން ގާބިލްކަން ހުރި ދާއިރާތަކުގައި ތަރައްގީވާނެ ކަމަށްވެސް ހުތުބާގައި ބުންޏެވެ.
"މޮޅެއް ދެރައެއް ތަފާތެއްނެތި މުޅި މުޖުތަމައު ކުރިއަރާނެ. ދުނިޔެ އާއި އާހިރަތުގެ ގޮވަތި އާރާސްތުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި އެކި ސިނާއަތްތަކާއި ފަންނާއި ހުނަރުގެ ދާއިރާތައް ފުޅާވާނެ. ބޮޑެތި ވިޔަފާރިތަކާއި ކާރުހާނާތައް އުފެދި ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެންދާނެ،" ހުތުބާގައި ބުންޏެވެ.
މުޖުތަމައުގައި އަމަން އަމާންކަން ދެމިއޮންނާނީ އިސްލާމްދީނަށް ތަބާވެ ހެޔޮ އަމަލުތައް ކުޅައުމުގައި ސާބިތުވެ ތިބޭ މިންވަރަކުން ކަމަށް ހުތުބާގައި ބުންޏެވެ. އަދި މުޖުތަމައުއަކީ ހުރިހާ ގޮތަކުންވެސް އަމާން ތަނަކަށް ހެދިއްޖެ ނަމަ އެންމެހާ މީސްތަކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު