ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 183،491 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ހަފުތާ ތެރޭގައި 771 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އެއީ ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 110 މީހުންނެވެ.
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލޭ ސަރަހައްދުން 192 މީހަކު ޕޮޒިޓިވްވި އިރު، އަތޮޅުތެރެއިން 304 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އަދި ސިނާއީ މަސައްކަތްކުރާ ރަށްރަށުންނާއި ރިސޯޓުތަކުން 275 މީހަކަށް ބަލި ޖެހިފައިވެއެވެ.
ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 31 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް އެޗްޕީއޭގެ ނަންބަރުތަކުން ދައްކައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު