ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިޔަފާރިކުރުމުން ކޮތަޅަކަށް ލާފައި ތަކެތި ދޭ ނަމަ ކަސްޓަމަރުންގެ އަތުން އިތުރު ޗާޖެއްކުރަން ނިންމައިފިއެވެ.
އެސްޓީއޯއިން ބުނީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށްޓަކައި މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅަކަށް 2.50 ރުފިޔާ އަދި ކަރުދާސް ކޮތަޅަކަށް 2 ރުފިޔާ ޗާޖުކުރާނެ ކަމަށެވެ.
އަދި ވިޔަފާރި ކުރަން ދާއިރު "ޓޯޓް ބޭގް" ފަދަ ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ގެންދަން އާދަކުރުމަށް އެސްޓީއޯ އިން ވަނީ އެދިފައެވެ.
އެސްޓީއޯއިން ޕްލާސްޓިކް ކޮތަޅަށް ޗާޖުކުރަން ނިންމާފައިވާ އިރު ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމެވެ. އަދި ވިޔަފާރިކުރުމުން ފިހާރަތަކުން ދޭ ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގުމަށް މަޖުބޫރުކުރުން ހިމަނައި ކުނި މެނޭޖްކުރުމުގެ ބިލު މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު