އީދު ބަންދާ ދިމާކޮށް ޕާސްޕޯޓުގެ ހިދުމަތަށް ބާރުބޮޑުވެ އިއްޔެ އެކަނި 500 އަށްވުރެ ގިނަ ޕާސްޕޯޓު ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ އިއްޔެގެ ނިޔަލަށް 596 ޕާސްޕޯޓް ދޫކޮށްފައިވާ ކަމަށެވެ.
ޕާސްޕޯޓަށް އޮތް ޑިމާންޑު ބޮޑުވެ، އިމިގްރޭޝަނުން ވަނީ ރޭ 12:00 ޖެހުމާ ހަމައަށް ޕާސްޕޯޓް ދޫކޮށްފައެވެ.
އިމިގްރޭޝަނުން މީގެ ކުރިން ބުނިގޮތުގައި ކޮވިޑުގެ ޕެންޑަމިކާ ގުޅިގެން ގިނަ ދުވަސްތަކަކަށް ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، ދަތުރުކުރުމުގެ ލުއިތައް އިތުރުކުރުމާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދުވެސް އަންދާޒާކުރި ވަރަށްވުރެ ގިނަވެފައިވާ ކަމަށެވެ.
އެގޮތުން ކުރިން ޕާސްޕޯޓް ހެއްދުމަށް ދުވާލަކު 200 އެއްހާ އެޕްލިކޭޝަން ހުށަހެޅި ނަމަވެސް މިހާރު އެވްރެޖުކޮށް 800 އެޕްލިކޭޝަން ހުށަހަޅާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އީދު ބަންދާއި ސްކޫލު ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ މީހުން ވަނީ ރަށްރަށަށް ވެސް ދަތުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު