ބިދޭސީ މީހަކާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯއަކާ ގުޅިގެން ފުލުހަކު ސަސްޕެންޑުކޮށްފިއެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފުލުހެއްގެ ވީޑިއޯއާ ގުޅިގެން ބަލަންޖެހޭ ކަންކަން އެ އިދާރާގެ ގުޅުންހުރި އިދާރާތަކުން ބަލަމުންދާ ކަމަށެވެ. އެގޮތުން އެ މައްސަލައިގެ ޖިނާއީ ތަހުގީގުގެ އިތުރުން އަހުލާގީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުން އަންނަ ކަމަށާއި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ޕޮލިސް އޮފިސަރު މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، ސަސްޕެންޑް ކޮށްފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތްކުރާ ފުލުހެކެވެ.
އޭނާ ސަސްޕެންޑް ކުރީ ބަންގްލަދޭޝަށް ނިސްބަތްވާ މީހަކާއެކު ދިވެއްސަކު ކޮޓަރިއެއްގައި އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ލީކުވުމުންނެވެ.
ކޮޓަރި ތެރޭގައި ބިދޭސީ މީހާއާ އެކު އެއް ޖިންސުން ގުޅުން ހިންގި މަންޒަރު ކަމަށް ބުނެ މީގެ ކުރިން ދެ މީހެއްގެ ވީޑިއޯ ލީކުކޮށްލާފައިވެއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އެވެ.
އެ ދެ މީހުންގެ މައްސަލަވެސް ފުލުހުން ތަހުގީގު ކުރަމުންދާއިރު، ވީޑިއޯގައި ފެންނަ ބިދޭސީ މީހާ އާއި ނާޒިމްގެ އިތުރުން ނަޝީދުގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު