ދިރާގު ފައިބާ ބްރޯޑްބޭންޑް އާއި ދިރާގު ޓީވީއަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އެ ހިދުމަތްތައް ހިލޭ ގުޅައިދިނުމުގެ ހާއްސަ ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު ފަށައިފިއެވެ.

ދިރާގުން މިއަދު ބުނީ އެ ޕްރޮމޯޝަންގެ ދަށުން ދިރާގު ފައިބަރު ބްރޯޑްބޭންޑަށް އެދި ހުށަހަޅާ ހުރިހާ ކަސްޓަމަރުންނަށް އޯޓީ (ރައުޓަރު) އިން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި ދިރާގު ޓީވީއަށް އެދި ހުށަހަޅާ ފުރަތަމަ 300 ކަސްޓަމަރުންނަށް ހިލޭ ވަޔަލެސް ކީބޯޑެއް ލިބޭނެ ކަމަށާއި އޭގެ އިތުރުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ހުރިހާ ޗެނަލެއްވެސް 350 ރުފިޔާއަށް ލިބިގެންދާނެ ކަމަށް ބުންޏެވެ.

ދިރާގުން ބުނީ މި ވަގުތަކީ ރާއްޖޭގެ އެންމެ ބޮޑު ހައި-ސްޕީޑް ނެޓްވޯކަށް ވަދެ، ލިބެން ހުރި ހައިކޮލިޓީ އަދި އެންމެ ފުރިހަމަ މުނިފޫހިފިލުވުމުގެ ޗެނަލްތައްވެސް ތަޖުރިބާކޮށްލަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

ދިރާގު ޓީވީގައި ތަފާތު ޗެނަލްތަކުގެ ޕޯޓްފޯލިއޯއަކީ ހުރިހާ އުމުރުފުރައެއްގެ އަދި އޯޑިއަންސްއަށް ހާއްސަ ކޮށްފައިވާ ޕޯޓްފޯލިއޯ އެކެވެ. ސަތޭކައަށްވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ.