އަމިއްލައަށް ޖިންސީ ގުނަވަން ބުރިކޮށްލި ބިދޭސީ މީހާ ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި އަމިއްލަ ޖިންސީ ގުނަވަން ބުރުކޮށްލީ 31 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އެނގިފައިވާ ގޮތުގައި އޭނާ އެކަން ކުރީ ލޯބިވެރިޔަކާ ޖެހުނު މައްސަލައެއްގައެވެ. އަދި ޖިންސީ ގުނަވަން ބުރިކޮށްލުމުގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނަށް އޭނާ ވަނީ ވަޅި ހަރައިފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު 'ވަން' އަށް ވިދާޅުވީ އެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭގެ އިރާކޮޅުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.
އަދި މިހާތަނަށް ބެލިބެލުމުން މި މައްސަލައިގައި އިތުރު މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު