ވ. އަލިމަތައިގައި ނަކައި ރިސޯޓު ގްރޫޕުން ހިންގާ ނަކައި އަލިމަތަ ރިސޯޓުން ކަނޑަށް ކުނި އެޅުމުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެ ރިސޯޓު ތިން ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަލިމަތާ ރިސޯޓުން ކުނިވާޒާތުގެ ކުނި ކަނޑަށް އަޅައި ރާއްޖޭގައި ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ކުނި މެނޭޖުކުރުމުގެ މިންގަނޑުތަކާ ހިލާފުވެފައިވާ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދާއި ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދަށް ރިއާޔަތްކޮށް 30 ޖުލައި 2022 ގައި އަލިމަތަ ރިސޯޓު 312،750 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
އަދި އެ ފައިސާ އެއް މަސް ދުވަސްތެރޭ އީޕީއަށް ދެއްކުމަށް އެ ރިސޯޓަށް އަންގާފައިވާނެ ކަމަށްވެސް އެ އެޖެންސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު