ފުލުހުންނަށް މަރުގެ އިންޒާރުދިން މީހަކު ހައްޔަރުކޮށް ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
ފުލުހުންނަށް ބިރުދެއްކުމާއި އިންޒާރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، އއ. ތޮއްޑޫ، ފޮރިންވިލާ، ޝާހިރު އަލީއެވެ.
އޭނާ ބަންދުކޮށްފައި ވަނީ ތުހުމަތުކުރެވޭ މައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާތީ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބަންދު އަމުރުގައިވެއެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުން އޭނާ ވަނީ ދެ ފުލުހުންގެ ހާޒިރުގައި އޮންޑިއުޓީ ފުލުހުންނަށް އިންޒާރުދީ މަރައިލާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެކަން ދޮގުކޮށް އޭނާ ބުނީ އޭނާއަކީ ހަކުރު ބަލި ހުންނަ މީހެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު