ރިސޯޓު ހިންގުމުގައި އެމެރިކާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހިލްޓަން އިން މާލެ އަތޮޅުގައި ތަރައްގީކުރި އެ ކުންފުނީގެ އާ ރިސޯޓު ހުޅުވައިފިއެެވެ.
ކ ކޮށްދިއްޕަރު ފިނޮޅުގައި އަމިންގިރި ހޯލްޑިންގްސް އިން ތަރައްގީ ކުރި 'ހިލްޓަން މޯލްޑިވްސް އަމީންގިރި ރިސޯޓް އެންޑް ސްޕާ' ހުޅުވީ މިދިޔަ ހުކުރު ދުވަހުއެވެ. ޖުމުލަ 109 ވިލާ ހުންނަ އެ ރިސޯޓުގެ ބޮޑު ބައެއް ތަރައްގީކޮށްފައި ވަނީ އޯވާ ދަ ވޯޓާ ވިލާތަކަށެވެ. އަދި ރިސޯޓުގެ ކޮންމެ ވިލާއެއްގައިވެސް ޕްރިވެޓް ޕޫލްއެއް ހުރެއެވެ.
އެ ރިސޯޓުގައި ސްޕާއަކާއި ފިޓްނަސް ސެންޓަރަކާއި ސެލޫނެއްގެ އިތުރުން ހަ ރެސްޓޯރެންޓާއި ބާއެއްވެސް ހުރެއެވެ. އަދި ޕޫލް ބާ އާއި ކޮކްޓެއިލް ލައުންޖުން ފެށިގެން ޝެމްޕޭން ބާ އާއި ޓީ ލައުންޖާއި ސީފުޑް ޑައިނިން އޮޕްޝަންތަކާ ހަމައަށް، ޕްރޮޕަޓީގެ ކެއުމާއި ބުއިމަށް ވޯޓާ ސްލައިޑް ސީޓިން އޮޕްޝަންތައް ހުންނާނެ އެވެ.
މިއީ ލޯބިވެރިންނަށް ހާއްސަ ރިސޯޓެއް ނަމަވެސް، ބޮޑެތި ގުރޫޕުތަކަށް ނުވަތަ އާއިލާތަކަށް ހަ ކޮޓަރީގެ ވިލާއެއްވެސް ހަދާފައިވެއެވެ. މި ރިސޯޓުގެ އެއް ކޮޓަރީގެ ވިލާއެއްގެ އަގު އުޅެނީ ރެއަކަށް 782 ޕައުންޑަށެވެ. ދެ ކޮޓަރި ނުވަތަ އެއަށްވުރެ ގިނަ ކޮޓަރިތަކުގެ ވިލާތަކުގެ އަގު އުޅެނީ ރެއަކަށް 1،900 ޕައުންޑަށް ވުރެ މަތީގައެވެ.
ވެލާނާ އެއާޕޯޓުން ފުރައިގެން ގާތްގަނޑަކަށް 20 މިނެޓުން ދެވޭ ހިސާބުގައި އޮންނަ އަމިންގިރި ރިސޯޓް އެންޑް ސްޕާއަކީ ހިލްޓަން އިން ރާއްޖޭގައި ހިންގާ ހަތަރު ވަނަ ރިސޯޓެވެ. ހިލްޓަން އިން ރާއްޖޭގައި ހިންގާ އެހެން ރިސޯޓުތަކަކީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި، ކިއުރިއޯ ކަލެކްޝަންގެ ޕްރޮޕަޓީއެއް ކަމަށްވާ ސައި ލޭގޫން މޯލްޑިވްސް އެވެ.
ޚަބަރު
ޚަބަރު
ޚަބަރު