މި އަހަރު ރާއްޖޭން ހައްޖަށް އެންމެ ފަހު ގްރޫޕާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.
ފަހު ގުރޫޕްގެ ހައްޖު ވެރީން ފުރުމުގެ ކުރީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހް ވަނީ އެއާޕޯޓަށް ވަޑައިގެން ހައްޖަށް ދާ މީހުންނާ ސަލާމްކުރައްވައި އަލްވަދާއު ވިދާޅުވެފައެވެ. ރައީސް ސޯލިހާއެކުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުވެސް ހައްޖާޖީންނާ ބައްދަލުކުރައްވާފައިވެއެވެ.
މިއަހަރު ރާއްޖެއިން ފުރާފައިވަނީ ހައްޖާޖީންގެ ތިން ގްރޫޕެވެ. ދިވެހި ހައްޖުވެރީންގެ ފުރަތަމަ ގްރޫޕް ފުރާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. ދެވަނަ ގުރޫޕް ފުރީ 29 ވަނަ ދުވަހުއެވެ.
ހައްޖުގެ އަޅުކަމަށް މިރޭ ފުރި ފަހު ގްރޫޕުގައި 115 ހައްޖާޖީން ހިމެނެއެވެ. ސައުދި އަރަބިއަން އެއާލައިނުން ހައްޖާޖީން ފުރާފައިވަނީ މިރޭ 11:30 ގައެވެ.
މިއީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ފަހަރެވެ. ކޮވިޑްގެ ސަބަބުން 2020 ވަނަ އަހަރާއި މިދިޔަ އަހަރު ހައްޖުގެ އަޅުކަމަށް ރާއްޖެއިން ގޮސްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު