ހިޔާ ފްލެޓުތަކުގެ ކުޑަދޮރުތަކުން އެތެރެއަށް ފެން ވަންނަ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކުޑަދޮރުތަކުން ފެން ވަންނަ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ސާމާނު ލިބިފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެ މައްސަލައަކީ ހިޔާގެ ބައެއް ފްލެޓުތަކަށް ދިމާވެފައިވާ މައްސަލައެއް ކަމުން އެކަމުގެ ޝަކުވާ ހުށަހަޅާފައިވާ ތަރުތީބުން އެ ފްލެޓުތަކުގެ ވެރިންނަށް އެ ކޯޕަރޭޝަނުގެ ފޯނު 3353535 އިން ގުޅަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ.

އެޗްޑީސީން ވަނީ، އެ ކޯޕަރޭޝަނުން ގުޅައި މަރާމާތުކުރަން ތާވަލުކުރުމުން ފްލެޓުތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެދިފައެވެ. އެ މަރާމާތުގެ މަސައްކަތްތަށް ކުރިއަށް ގެންދަން އެޗްޑީސީން ރާވާފައި ވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން އިރުއޮއްސި 6:00 އަށެވެ.