ސޯޝަލް މީޑިއާގައި މިހާރު ދައުރުކުރަމުންދާ އެއްޖިންސުން ގުޅުން ހިންގާ ބަރަހަނާ ވީޑިއޯތައް ލީކުކޮށް ބްލެކްމެއިލްކުރާ މައްސަލައިގެ ތަހުގީގުގައި ބޭރުގެ އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މި ވީޑިއޯތަކުގެ ތަހުގީގަށް އިންޑިއާގެ އެފްބީއައިގެ ޓީމެއް ރާއްޖެ އައިސްފައިވާކަމަށްބުނެ ބައެއް މީޑިއާއިން ރިޕޯޓު ކުރުމާއި ގުޅިގެންނެވެ.
ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ބްލެކްމެއިލް ކުރުމާއި ލީކުކޮށްލި ވީޑިއޯ މައްސަލަތަކުގެ ތަހުގީގުގައި ބޭރުގެ އެއްވެސް ގައުމެއްގެ އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނެތް ކަމަށާއި މި މައްސަލަތައް ތަހުގީގުކުރަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކަމަށެވެ.
މިފަހަކަށް އައިސް ސިޔާސީ ބައެއް މީންނާއި އާއްމުންގެ ބަރަހަނާ ވީޑިއޯތައް ދަނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ. އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ވީޑިއޯތަކުގެ މައްސަލަ މާޗު މަހުން ފެށިގެން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި ވީޑިއޯތައް ލީކު ކުރާ ބައެއް ފަރާތްތައް ދެނެގަނެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު