ޚަބަރު

ޔޫކޭގެ ވިސާއަށް އޮގަސްޓް 1-3 އަށް ރާއްޖޭން ހުށަހެޅޭނެ

މުހައްމަދު އިޝާން

ޔޫކޭގެ ވިސާއަށް ރާއްޖޭގައި ތިބެގެން ހުށަހެޅޭ ގޮތް ހެދުމަށް އަންނަ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ތިން ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް ގާއިމްކުރަން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، އަހަރަކު އެއް ފަހަރު ރާއްޖޭން ޔޫކޭ ވިސާ ނެގުމުގެ އިންތިޒާމް ފޮރިން މިނިސްޓްރީން ހަމަޖައްސައިދެމުންދާ ކަމަށެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ވަގުތީ ވިސާ ސެންޓަރެއް ހުޅުވަނީ ދިވެހިންނަށް، ހާއްސަކޮށް ޔޫކޭއަށް ކިޔަވަން ދާ ދިވެހި ދަރިވަރުންނަށް ފަސޭހަކަމާއެކު ވިސާއަށް އެދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށެވެ.

ވިސާ ޕްރޮސެސް ފެށުމަށް ޔޫކޭ ހައި ކޮމިޝަންގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ވަގުތީ ވިސާ ސެންޓަރުން ހިދުމަތް ދޭނީ އޮގަސްޓް އެކަކުން ފެށިގެން ތިން ވަނަ ދުވަށެވެ.

ރާއްޖޭގައި ޔޫކޭގެ ހައި ކޮމިޝަނެއް ހުއްޓަސް، ގިނަ ދިވެހިން ޔޫކޭ ވިސާ ނަގަންދާން ޖެހެނީ ޔޫއޭއީ އާއި ސްރީ ލަންކާއަށެވެ.

ފޮރިން މިނިސްޓްރީއާ ގުޅިގެން ޔޫކޭ ހައި ކޮމިޝަނުން އަހަރަކު ތިން ފަހަރު ވިސާ ޑޭ އެއް ބާއްވައެވެ.