ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން މަކިޓާ ޕްރޮޑަކްޓްތަކަށް ހާއްސަ މުޅިން އާ ޝޯ ރޫމެއް ހުޅުވައިފިއެވެ.
މަކިޓާ ޝޯރޫމް ހުޅުވުމަށް އެސްޓީއޯއިން މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސެން އަމުރު އަދި އެސްޓީއޯގެ މަކިޓާ ސަޕްލަޔާ ކަމުގައިވާ މަކިޓާ ސިންގަޕޯގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ޕްރަމޯދް ޗަންދްރަންއެވެ.
އެސްޓީއޯގެ އާ މަކިޓާ ޝޯރޫމް ހުޅުވާފައިވަނީ ބޮޑުތަކުރުފާނު މަގުގެ ސީ ޓްރެކްސް ހުންނަ އިމާރާތުގެ ގްރައުންޑް ފްލޯގައެވެ.
އެސްޓީއޯއިން ބުނީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް އެސްޓީއޯގެ މަކިޓާ ބްރޭންޑްގެ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުން އަދި އެސްޓީއޯ ޕީޕަލް ޗޮއިސްގެ އޭޖެންޓުން ވެސް އާއްމުންނާ ހަމައަށް މަކިޓާ ޕްރޮޑަކްޓްސް ފޯރުކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މަކިޓާއިން ރާއްޖެ އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ ތެރޭގައި ލަކުޑި/ވަޑާންކުރުމަށް ހާއްސަ ކަރަންޓު އާލާތްތައް، އައުޓްޑޯ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނެ ސާމާނު، ގާޑެނިންއަށް ހާއްސަ އުފެއްދުން، އިންޑޯ އަދި އާއްމު ދިރިއުޅުމުގައި ބޭނުން ކުރާ ވެކިއުމް ކްލީނާ ފަދަ އެތަށް ސާމާނެއް ހިމެނެއެވެ.
މިރޭ ހުޅުވި އާ މަކިޓާ ޝޯރޫމާ އެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ހިދުމަތްތަކެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ. އެގޮތުން ޝޯރޫމްގެ ތެރެއިން މަކިޓާ އުފެއްދުންތަކުގެ ސްޕެއާ ޕާޓްސް ލިބެން ހުންނާނެއެވެ. އަދި މަކިޓާ ބްރޭންޑަށް ހާއްސަ ސާވިސް ސެންޓާ އެއްވެސް ހުންނާނެއެވެ.
އެސްޓީއޯއިން ބުނީ، 25 އަހަރުގެ ދިވެހިންގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ މަކިޓާ ބްރޭންޑަކީ 1915 ވަނަ އަހަރު އީޖާދުވެ، ކަރަންޓު ސާމާނު އުފައްދައި ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް މަގުބޫލް ބްރޭންޑެއް ކަމަށެވެ. އަދި ޖަޕާނުން އެތެރެކޮށް އެސްޓީއޯއިން މަކިޓާގެ އުފެއްދުންތައް ދިވެހިންނަށް ފޯރުކޮށްދިނުން ވެގެން ދިޔައީ މަސައްކަތްތެރިންގެ ވަގުތު ސަލާމަތްކޮށްދީ އިތުރު ފަސޭހަތަކެއް ލިބިގެންދިޔަ ކަމަކަށް ކަމަށެވެ.
ކަރަންޓު ސާމާނު ގަތުމުގައި ދިވެހިންގެ ނަންބާ ވަން ބްރޭންޑް، މަކިޓާ ވަނީ ރާއްޖޭގެ މަސައްކަތްތެރިންގެ އިތުރުން އާއްމު ދިރިއުޅުމުގައި އާއިލާތަކަށް އިތުރު ފަސޭހަތަކާއި ލުއިތަކެއް ހޯދައިދީފައި ކަމަށް އެސްޓީއޯއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު