ގްރޭޓާ މާލޭ ސަރަހައްދުގެ އާބަން ޓްރާންސްޕޯޓް މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފަށައިފިއެވެ.
އެ މަސައްކަތުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، އެކަމުގެ ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނުކޮށްފައެވެ. އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ އެ މަސައްކަތަށް ބަޔަކު ހޯދުމަށް ކުރިން ކުރި އިއުލާނަށް އެދެވިގެންވާ ވަރަށް ބީލަން ލިބިފައިނުވާތީ އަލުން އެ މަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން، އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަކުގައި ދަތުރުފަތުރުގެ ދާއިރާތަކާއި އާބަން ޕްލޭނިން، ތިމާވެށްޓާއި ހަކަތައާއި ފައިނޭންސްއާއި މާލޭ އާބަން ރީޖަންގައި ހުރި އެހެނިހެން ކަންކަމާ ގުޅުންހުރި ދާއިރާތަކާއި މުއާމަލާތްކުރާ ދާއިރާތައް ތަފުސީލީ ގޮތުން ގުޅިފައި އޮންނަންވާނެ ކަމަށެވެ.
އެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 31 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީއަށް ބީލަން ޕްރޮޕޯސަލްތަށް ފޮނުވަންޖެހެއެވެ.
ޓްރާންސްޕޯޓް މާސްޓާޕްލޭން އެކުލަވާލުމުގެ މަސައްކަތަކީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖީއީއެފް)ގެ ހިލޭ އެހީގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީން ހިންގަމުން އަންނަ "އިންޓެގްރޭޓަޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ބައެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު