ފަނަރަ ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސުން މިއަދު ބުނީ، ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ހިންގަމުންދާ ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ދަށުން 15 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ މަސައްކަތައް ކުރިމަތިލެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށް ފިނޭންސުން ބުންޏެވެ.
އިންޓަނޭޝަނަލް ކުންފުނިތަކުން "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގެ އެ މަރުހަލާގައި ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށް ފިނޭންސުން ބުންޏެވެ. ނަމަވެސް "އަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" ގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަކުރުމަކީ އެ ކުންފުންޏެއްގެ ޒިންމާއެއް ކަމަށް ފިނޭންސުން ބުންޏެވެ.
ފިނޭންސުން ބުނީ، އެ މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސބީ) އުސޫލުގެ މަތިން ކަމަށެވެ. އަދި އެ މަސައްކަތް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 25 ވަނަ ދުވަސް ކަމަށެވެ.
- ކ. ތުލުސްދޫ
- ކ. ހުރާ
- ކ. ހިންމަފުށި
- ކ. މާފުށި
- ކ. ގުރައިދޫ
- ކ. ކާށިދޫ
- ވ. ތިނަދޫ
- ވ. ފެލިދޫ
- ވ. ކެޔޮދޫ
- ވ. ރަކީދޫ
- އދ. މަހިބަދޫ
- އދ. ހަންޔާމީދޫ
- އއ. ހިމަންދޫ
- އއ. ފެރިދޫ
- އއ. ތޮއްޑޫ
ޚަބަރު
ޚަބަރު
ޚަބަރު