ޚަބަރު

ރާއްޖެ އައި މަސް ބޯޓަކުން ބަނގުރާ ފެނިއްޖެ

މުހައްމަދު އިޝާން

ރާއްޖެ އައި މަސް ބޯޓަކުން ބަނގުރާ ފުޅިތަކެއް ފެނިއްޖެއެވެ.

އެ ބަނގުރާ ފުޅިތައް ހޯދާފައިވަނީ މިދިޔަ ބުދަ ދުވަހު އެމްއެންޑީއެފާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް (އެމްސީއެސް) ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ވަން" އަށް ވިދާޅުވީ، ރާއްޖެ އައި މަސް ބޯޓެއް ފުލުހުން ބަލައި ފާސްކޮށްފައިވާނެ ކަމަށާއި އެ ބޯޓުން 31 ބަނގުރާ ފުޅި ފެނުނު ކަމަށެވެ. އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ބަނގުރާ ފުޅިތައް ފެނިފައިވަނީ މިފްކޯގެ "ޖަޒީރާ ރީފް" ބޯޓުންނެވެ.

"ޖަޒީރާ ރީފް" އަކީ މިފްކޯއިން ތައިލެންޑަށް މަސް ވިއްކުމަށް ބޭނުންކުރާ ބޯޓެވެ. އެ ބޯޓު ކަސްޓަމުންނާއި އެމްއެންޑީއެފުން ބަލައި ފާސްކޮށްފައިވަނީ ހުވަދު އަތޮޅުންނެވެ.