އެސްޓީއޯ މަސް ރޭސް ފަށައިފިއެވެ.

މި މަސް ރޭހުގައި އެސްޓީއޯގެ ހަ ހައުސްއިން 300 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެއެެވެ.

ޓީމުތަކުން މަސް ރޭހަށް ފުރާފައިވަނީ ޓީ ޖެޓީން މިއަދު މެންދުރުފަހު 2:30 ގައެވެ. މަސް ބޭނުމަށް ފަހު ޓީމުތަކުން އެނބުރި މާލެއަށް މިރޭ 10:00ގެ ކުރިން އަންނަން ޖެހެއެވެ.

މި މުބާރާތުގެ އެއްވަނައަށްދާ ހައުސްއަަށް 10،000 ރުފިޔާ، ދެވަނަ ހައުސްއަށް 8،000 ރުފިޔާ އަދި ތިންވަނަ ހައުސްއަށް 5،000 ރުފިޔާ ދޭނެއެވެ. އަދި އެންމެ ބަރު މަސް ބާނާ މުވައްޒަފަށް 1،000 ރުފިޔާ ދޭނެއެވެ. މުބާރާތުގެ ވަނަތައް ހޮވުން އޮންނާނީ އުސްފަސްގަނޑު ސަރަހައްދުގައެވެ.

އެސްޓީއޯ މަސް މުބާރާތަކީ އެސްޓީއޯ ރެކްރިއޭޝަން ކްލަބުގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވާ މުބާރާތެކެވެ.