Close
ޚަބަރު

ދާންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔު ވިޔަފާރީގައި ބައިވެރިވާ މައްސަލައެއް ބަލަނީ

އިބްރާހިމް ޒަކީ

ދާންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް، ވިޔަފާރީގައި ބައިވެރިވެވަޑައިގަންނަވާ ކަމަށްބުނާ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔު އަމަލީގޮތުން ވިޔަފާރީގެ މުއާމަލާތްތަކުގައި ބައިވެރިވެވަޑައިންނަވާ ކަމަށް ތުހުމަތުކޮށް އެކޮމިޝަނަށް ޝަކުވާއެއް ހުށަހަޅާފައިވާ ކަަމަށެވެ.

އެ ޝަކުވާއާ ގުޅިގެން މައްސަލަ ތަހުގީގު ކުރުމަށް ކަމާބެހޭ ކޮމިޓީން ނިންމާފައިވާތީ، އެކަމަށްޓަކައި ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.

ގާނޫނު ބުނާގޮތުން މެޖިސްޓްރޭޓުން ވިޔަފާރީގެ މުއާމަލާތްތަކުގައި ބައިވެރިވުމަކީ މަނާ ކަމެކެވެ.