ކ. މާފުށީގައި މިއަހަރު ބޮޑު އީދު ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތަކުގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއި އީދު ކުޅިވަރުތަކުގެ ހުށަހަޅައިދޭ ފަންނާނުންނާ އެކު ސޮއިކޮށްފިއެވެ.
މާފުށީގެ އީދު ކުޅިވަރުތައް ސްޕޮންސާކޮށްފައިވާ އެމްޑަބްލިޔުއެސްސީ، ދިރާގު، އޮފިޝަލް އިވެންޓްސް، އެރީނާ ހޮޓެލްސް، ދޮންމަނިކު ސްކައިވިއު، އަދި އެލިއާ އިންވެސްޓްމަންޓުންނެވެ.
ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހޮޓެލް ޖެން، އައިކޮށް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ޓްރައިޓަން ހޮޓެލްސް، ޝެޑޯޕާމް އަދި ބިރާގަން ސްޕޯޓްސް ކްލަބެވެ.
ހައްޖު ދުވަހުން ފެށިގެން އީދުގެ ތިން ދުވަހާއެކު މާފުށީގައި ކުރިއަށް ގެންދަން ރާވާފާއިވާ ހަރަކާތްތަކާއި އީދު ޝޯގައި މިފަހަރު ފަންނާނުންގެ ގޮތުގެ ބައިވެރިވާނީ ސަފޫރާ އެންޑް ފްރެންޑްސް، ޓްރެފިކް ޖޭމް، ޔާރާ، ރޮބޯމޭން، ހަބޭސް ބޮޑުބެރު ގުރޫޕެވެ. އަދި ޝޯއާއި އީދުގެ ހުރިހާ ހަރަކާތެއް ހުށަހަޅައިދޭނީ ނާއްޕެއެވެ.
މި އަހަރުގެ ބޮޑުއީދުގައިވެސް މާފުށީގައި ހަވާ އަރުވަން ނިންމާފައިވާ އިރު، ވޯޓާޕާކެއްް ހެދުމަށްވެސް ވަނީ ނިންމައިފައެވެ. އަދި ކުޑަ އީދެކޭ އެއް ގޮތަށް މިފަހަރުގެ އީދު ޗުއްޓީގައި އިތުރު ލޯންޗް ފެރީ ބޭއްވުމަށް ހަމަޖެހިފައިވާއިރު އީދު ދުވަހުގެ ޝޯ ނިންމާލުމަށްފަހު އެެރޭ މާލެ އަންނަން ބޭނުންވާ ފަރާތްތަކަށްވެސް ލޯންޗު ފެރީގެ ދަތުރުތައް ބާއްވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު