ކުރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތައް ނިންމަން، އެ ކޯޓުގެ ގާޒީންނަށް ހާއްސަ އެލަވަންސެއް ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އެގޮތަށް އެލަވަންސެއް ދޭން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.
ޑީޖޭއޭ އިން ހުށަހަޅާފައި ވަނީ އިތުރު ވަގުތު މަސައްކަތް ކުރާ ގާޒީންނަށް ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށެވެ.
ކޮމިޓީން ފާސްކޮށްފައި ވަނީ، ހަތަރު މަސްދުވަހުގެ މުއްދަތަށް އެ އެލަވަންސް ދިނުމަށެވެ.
އެގޮތުން ކުރިމިނަލް ކޯޓުގެ ބެކްލޮގްގައި އޮތް 1،182 މައްސަލަ ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކޯޓުގެ 10 ގާޒީން އިތުރު ގަޑީގައި މަސައްކަތް ކުރުމަށް ދުވާލަކަށް 500 ރުފިޔާގެ ނިސްބަތުން އެލަވަންސެއް ދިނުމަށެވެ.
ކޮމިޓީން އެގޮތަށް ފާސް ކުރަން ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ތާއީދު ކުރެއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރެވެ.
ޚަބަރު
ޚަބަރު
ޚަބަރު