ސަތާރަ އަހަރުގެ އަންހެން ކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގި އެ ކުއްޖާގެ އާއިލާގެ މެންބަރަކު 57 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޖަލަށްލާން ހުކުމްކޮށްފައި ވަނީ ވ. ކެޔޮދޫ/ ތުޑީގެ, އަހުމަދު އަޒްމީނެވެ. އޭނާގެ މައްޗަށް ދައުލަތުން ވަނީ ފަސް ދައުވާއެއް އުފުލައިފައެވެ.
- އުފުލި ދައުވާތައް
- އާއިލާގެ މެންބަރަކު އެއާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް
- ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ކުށް
- ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު, ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެކުޑަކުއްޖާއަށް ދެއްކުމުގެ ކުށް
- ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށް
- ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށް
އެ ފަސް ކުށުގެ ތެރެއިން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށާއި ރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށް ފިޔަވައި އެހެން ހުރިހާ ކުށެއް ވަނީ އަޒްމީގެ މައްޗަށް ސާބިތުވެފައެވެ.
އެގޮތުން އާއިލާގެ މެންބަރަކު އެއާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލާން ހުކުމްކުރި އިރު، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ކުށާ ގުޅިގެން 17 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ. އަދި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު, ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެކުޑަކުއްޖާއަށް ދެއްކުމުގެ ކުުށުގައި 15 އަހަރުގެ ހުކުމެއް އިއްވިއެވެ.
އަޒްމީގެ މައްޗަށް ޖުމްލަ 57 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، އޭނާ ބަންދުގައި ދެ އަހަރާއި ނުވަ މަހާއި ދެ ދުވަހު ހުރުމުގެ ސަބަބުން އޭނާ ޖަލުގައި ތަންފީޒުކުރަން ޖެހޭނީ 65 އަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު