ދިރާގު ހައިސްޕީޑް ފައިބަރު އިންޓަނެޓުގެ ހިދުމަތް ދ. ރިނބުދުއަށް ތައާރަފުކޮށްފިއެވެ.
ދިރާގުން މިއަދު ބުނީ، އެ ހިދުމަތް ރިނބުދުއަށް ތައާރަފުކޮށްފައި ވަނީ ހާއްސަ އޮފާތަކާއެކުގައި ކަމަށެވެ. އެގޮތުން ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައިކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓަރު، އޯއެންޓީވެސް ލިބޭނެ ކަމަށް ބުންޏެވެ.
ދިރާގުން ބުނީ މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖުތައް ހިޔާރުކުރުމަށް ރިނބުދޫ ރައްޔިތުންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
ދިރާގު ފައިބަރު ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ބޮޑު ފައިބަރު ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 ޕަސެންޓަށް އެ ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާ އިރު، އޭގެ ތެރޭގައި 89 ރަށެއް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު