ޚަބަރު

ބޮޑެތި ޑިސްކައުންޓުތަކާއެކު އެސްޓީއޯގެ "ހަމަ ހިޓާޗީ" ޕްރޮމޯޝަން ފަށައިފި

އަލީ ޔާމިން

ރާއްޖެއަށް މަގުބޫލް ބްރޭންޑެއް ކަމުގައިވާ "ހިޓާޗީ" އަށް ހާއްސަ ކޮށްގެން އެސްޓީއޯއިން "ހަމަ ހިޓާޗީ" ނަމުގައި ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

އަންނަ އޮގަސްޓް މަހުގެ 30ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލް ޗޮއިސްގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައިވެސް ކުރިއަށް ދާނެއެވެ.

މި ޕްރޮމޯޝަންގެ ތެރެއިން ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރި، ދޮންނަމެޝިން، އެއާޕިޔުރިފަޔާ، ޓީވީ، ޕަންޕު، ވެކްޔުމްކުލީނާ، ރައިސްކުކަރު، އަވަން، އަދި އެއާކޯން ހިމެނޭހެން ގިނަ ތަކެތިން 30 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

މީގެ އިތުރުން އެއާކޯން އަދި ރެފްރިޖިރޭޓަރު ފަދަ ތަކެތި ގެއާ ހަމައަށް ގެންގޮސްދިނުން އަދި އެއާ ކޮންޑިޝަނާ ހަރުކުރުމުގެ ހިދުމަތް މުޅިން ހިލޭ ލިބޭނެއެވެ.

ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ކުރާ ކޮންމެ 1،000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި އެ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފުތާއަކު ނަސީބުވެރިއެއް ހޮވައި ވަރަށް އަގުހުރި އިނާމުތަކެއް ހަވާލުކުރެވޭނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

އެ ޕްރޮމޯޝަން ނިމުމުން ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނަގައި ނަސީބުވެރި ތިން ފަރާތެއް ހޮވައި، ކޮންމެ ފަރާތަކަށްވެސް 50،000 ރުފިޔާގެ އެސްޓީއޯ ޕީޕަލް ޗޮއިސް ގިފްޓް ވައުޗާއެއް ދޭނެއެވެ.

އެސްޓީއޯއިން ބުނީ ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ސޯޝަލް މީޑިއާގައި ހިޓާޗީ ޕްރޮޑަކްޓެއްގެ ފޮޓޯ ޕޯސްޓުކޮށްގެން ކޮންމެ ހަފުތާއަކުވެސް ނަސީބުވެރި ފަރާތެއް ހޮވައި އެފަރާތަށް ވަރަށް އަގުހުރި އިނާމެއް ލިބޭނެ ކަމަށެވެ.

އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ އޭސީގެ ހަ މޮޑެލްއެއްގައި ކަރަންޓު ބޭނުންވާ މިންވަރު އަންގައިދޭ ދިވެހިން ލިޔެފައިވާ ލޭބަލް ޖަހައިފައެވެ. އެސްޓިއޯއިން ހިޓާޗީ ބްރޭންޑް އިންޕޯޓްކޮށް ވިއްކާތާ 25 އަހަރަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.