ކޮރެއާގައި ހުންނަވާ ރާއްޖޭގެ ނޮންރެޒިޑެންޓް ސަފީރު ކަމަށް ހަސަން ސޯބިރު އައްޔަން ކުރުމަށާއި އަދި އުމަރު އަބްދުއްރައްޒާގު ނެދަލެންޑްސްއާއި ލަގްޒަންބާގުގައި ހުންނަވާ ރާއްޖޭގެ ނޮން ރެޒިޑެންޓް ސަފީރު ކަަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީން މިއަދު ރުހުންދީފިއެވެ.

މި މައްސައަކީ އެ ދެބޭފުޅުން އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މައްސަލަ އިތުރަށް ދިރާސާ ކުރުމަށްޓަކައި މަޖިލިސް ތަޅުމުން ކޮމިޓީއަށް ފޮނުވި މައްސަލައެވެ.

ހަސަން ސޯބިރަކީ ރާއްޖޭން ޖަޕާނަށް ކަނަޑަޅާފައި ހުންނަވާ ސަފީރެވެ. އަދި އުމަރު އަބްދުއްރައްޒާގު މިހާރުވެސް ހުންނަވަނީ ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާފައިވާ ސަފީރުގެ ގޮތުގައެވެ.