ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމުގެ މައްޗަށް ޖިނާއީ މައްސަލައެއްގެ ތަހުގީގެއް ކުރަމުން ނުދާ ކަމަށް ފުލުހުން ބުނެފިއެވެ.
ޝަމީމުގެ މައްސަލައެއް ތަހުގީގުކުރަމުން ނުދާ ކަމަށް ފުލުހުން ބުނެފައި މިވަނީ، އޭނާގެ މައްޗަށް ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބުނެ އޮންލައިން ނޫހަކުން ރިޕޯޓްކުރުމާ ގުޅިގެންނެވެ.
އެ އޮންލައިން ނޫހުގައި ބުނެފައިވާ ގޮތުން އެ މައްސަލައިގެ ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ޝަމީމު ދިރިއުޅުއްވާ ގެއަށް ޒިޔާރަތްކުރަައްވައި މައްސަލައާ ގުޅިގެން ބައެއް ކަންކަން ސާފުކޮށްފައިވެއެވެ.
ނަމަވެސް އެކަމާ ގުޅޭ ގޮތުން އެ ނޫހުން ސުވާލުކުރުމުން ޕީޖީ ޝަމީމު ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތު ދޮގުކުރައްވައިފައެވެ.