ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ނ. ހޮޅުދޫއަށާއި ށ. ފުނަދޫއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ނ. ހޮޅުދޫ، މޭނާ ސްކޫލުގެ އަލިމަސް ޔޫބީލާއި ށ. ފުނަދޫ ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ހާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން ބުނީ މިދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ފުނަދޫއަށް ކަމަށެވެ. ދެވަނައަށް ހޮޅުދޫއަށް ވަޑައިގެން، މޭނާ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހުގެ ހަނދާނީ މޮނިއުމަންޓު ރައީސް ހުޅުވައިދެއްވާނެ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން މި ދަތުރުފުޅުގައި މި ދެރަށުގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު