ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން ހުޅުމާލެ ހޮސްޕިޓަލަށް އުފަންވާ ކުދިންނަށް އެސްޓީއޯގެ "ނިއު ބޯން ގިފްޓް ޕެކް" ދޭން ފަށައިފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުން މިއަދު ބުނީ، އެ ހޮސްޕިޓަލަށް މިއަދު އުފަންވި ކުއްޖަކަށް އެސްޓީއޯއިން "ނިއު ބޯން ގިފްޓް ޕެކް" ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން އެ ހޮސްޕިޓަލްގައި ވިހާ ހުރިހާ ކުދިންނަށް ވެސް އެސްޓީއޯއިން ހަދިޔާ ޕެކް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެސްޓީއޯއިން ދޭ ގިފްޓް ޕެކްގައި ހިމެނޭނީ އެސްޓީއޯއިން ރާއްޖެ އެތެރެ ކުރާ ޕިއުރިޓީ ބްރޭންޑުގެ ރީތިވާ ސާމާނެވެ.
"ފަހުރުވެރި އާއިލާއަށް" ނަމުގައި އެސްޓީއޯއިން ކުރިއަށްގެންދާ މި ކެމްޕެއިންގައި ގިފްޓް ހެމްޕާ ހަވާލުކުރަނީ ހަމައެކަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އުފަންވާ ކުޑަކުދިންގެ އާއިލާތަކަށެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެސްޓީއޯއިން ވަނީ އަތޮޅުތެރޭ ހޮސްޕިޓަލުތުގައި ވެސް އުފަންވާ ކުދިންނަށް ގިފްޓް ޕެކް ދޭން ފަށައިފައެވެ. އެގޮތުން ކުޅުއްދުއްފުށި ސިޓީ އާއި އުނގޫފާރު އަދި ފުވައްމުލަކު ސިޓީގެ ހޮސްޕިޓަލުތައް އެސްޓީއޯއިން ވަނީ ގިފްޓް ޕެކް ހަވާލުކޮށްފައެވެ. މީގެ އިތުރުން އައިޖީއެމްއެޗާއި ޓްރީ ޓޮޕް ހޮސްޕިޓަލުން ވެސް މި ޕެކޭޖު ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު