ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނާއަކުން މާބުލް ޝީޓުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި އެ ޝީޓްތަކުގެ ތެރޭ ތާށިވެގެން ސަލާމަތްވި ބިދޭސީ މީހާއަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.
މިދިޔަ އާދީއްތަ ދުވަހުގެ 3:30 އެހާކަން ހާއިރު، ހިނގި އެ ހާދިސާގައި މާބުލް ޝީޓްތަކުގެ ތެރޭ ދެ ބިދޭސީއަކު ތާށިވި އެވެ. އެ ހާދިސާ ހިނގި ވަގުތު މާބުލް ޝީޓުތަކުގެ ދަށުވެ، އެތަނުން އެކަކު ވަގުތުން މަރުވި އިރު ދެވަނަ މީހާ ފަރުވާއަށް ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ.
ނަމަވެސް ފަހުން އޭނާ އައިޖީއެމްއެޗްއަށް ބަދަލުކޮށް ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރަކު މިއަދު ވަން'އަށް ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ އުމުރުން 38 އަހަރުގެ ބިދޭސީ ފިރިހެން މީހާ އިއްޔެގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް، ފަހުން އިތުރު އެއްވެސް ތަފުސީލެއް ނުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު