އެންދަމަން ފީނާ މަސްވެރިންނަށް އަމާޒުކޮށްގެން މަސްވެރިންގެ ޖަމިއްޔާއާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގުޅިގެން ތަމްރީނު ޕްރޮގްރާމެއް ހިންގަން ނިންމައިފިއެެވެ.
މިފްކޯ އިން ބުނީ، "މިފްކޯ މަސްވެރި ޑައިވަރުން ޕްރޮގްރާމް"ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގުރާމަކީ މަސްވެރިންގެ ތެރެއިން އެންދަމަން ފީނާ ފަޅުވެރިން ތަމްރީނުކުރުމާއި އަދި ޑައިވިންކުރުމުގައި ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް މަސްވެރިންނާއި ކެޔޮޅުން އަދި އޮޑިވެރިންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ގައުމީ ހަރަކާތެއް ކަމަށެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ހަރަކާތްތައް އޮންނާނީ ހުވަދު އަތޮޅުގެ ރަށްތަކުގައެވެ. އެގޮތުން އެރަށްތަކުގައި އޮޕަން ވޯޓާ ޑައިވިންއާއި އެޑްވާންސް އޮޕަން ވޯޓާ ޑައިވިންއާއިި ރެސްކިއު އަދި އެމަޖެންސީ ފަސްޓް ރެސްޕޮންޑާ ކޯސްތައް ހިންގާނެއެވެ.
މިފްކޯ އިން ބުނި ގޮތުގައި، ޕްރޮގްރާމުގެ ނަތީޖާއަކީ ޑައިވިންއާ ގުޅޭ ގިނަ މައުލޫމާތުތަކެއް މަސްވެރިންނަށް ދަސްވުން ކަމަށެވެ. އަދި ކުޑަހަރަދަކާއެކު އަމިއްލަ ރަށުގައި ހުރެގެން އެ ކޯސްތަކުގައި ބައިވެރިވުމަކީ އެ ޕްރޮގްރާމުގައި ބައިވެރިވާން ޖެހޭ މުހިންމު ސަބަބެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު