ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ދިނުމަށް ހާއްސަކޮށް އެމްޓީސީސީން ގެނައި ބަސްތަކާއެކު ބަސް ދަތުރުކުރާ ރޫޓު އިތުރޮކޮށް ދަތުރުތައް އަވަސްކޮށްފިއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ބަސް ދަތުރުގެ ހިދުމަތް ހުޅުމާލެ ފޭސް ދޭކަށް އިފުތިތާހުކުރުމަށް އެމްޓީސީސީން ރޭ ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ، މިހާރު ގެނެސްފައިވާ ބަސްތަކާއެކު ކޮންމެ ފަސް މިނިޓަކުން ފޭސް ދޭކަށް ބަސް ދަތުރު އޮންނާނެ ކަމަށާއި ޕީކު ގަޑިތަކުގައި ކޮންމެ 15 މިނިޓަކުން ބަސް ދަތުރު އޮންނާނެ ކަމަށެވެ. އަދި ކޮންމެ އެއް ގަޑިއިރަކުން އެއާޕޯޓަށް ބަސް އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ފޭސް ދޭއްގައި އެ ކުންފުނިން ދޭ ބަހުގެ ހިދުމަތަކީ ޕްލޭން ކުރެވިގެން ހިދުމަތް ހޯދާ ރައްޔިތުންނަށް ދަތިނުވާނެ ގޮތެއްގެ މަތިން ރާވައި އިންތިޒާމު ކުރެވިފައިވާ ނިޒާމެއް ކަމަށެވެ. އަދި ހަރުދަނާ ނިޒާމު އެކުލަވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި އިރުޝާދަށް އާޒިމް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
"ހުޅުމާލެ ފޭސް 2 ލޭންޑް ޓްރާންސްޕޯޓް" އާއެކު އެމްޓީސީސީން ވަނީ ގްރޭޓާ މާލެ ސަރަހައްދުގައި ބަސް ދަތުރުކުރާ ރޫޓޫތައްވެސް އިތުރުކޮށްފައެވެ.
އެގޮތުން ކުރިން ބަސް ދަތުރުތައް އޮންނަނީ ހަ ރޫޓަކުންނެވެ. ނަމަވެސް މިހާރު އެ އަދަދު އަށަކަށް ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ދެވަނަ ފިޔަވަހިން މާލެ ވެސްޓް ޕާކަށް ދަތުރުކުރާ ޑައިރެކްޓް ބަސް ރޫޓް މިހާރު އޮޕަރޭޓްކުރާ އަވަސްމިން ޕީކު ގަޑީގައި 15 މިނެޓަށް އަދި އޮފް ޕީކް ގަޑީގައި 20 މިނެޓަށް ބަދަލުވެގެންދާނެއެވެ.
- ހުޅުމާލެ ދެވަނަ ފިޔަވަހި – މާލެ ވެސްޓް ޕާރކް ޑައިރެކްޓް ރޫޓް (މިހާރު އޮޕަރޭޓް ކުރެވެމުންދަނީ 1 ގަޑިއިރުގެ އަވަސްމިނުގައި)
- ހުޅުމާލެ ދެވަނަ ފިޔަވަހި – މާލެ ކާނިވަލް ޑައިރެކްޓް ރޫޓް (އާ ރޫޓެއް)
- ހުޅުމާލެ ދެވަނަ ފިޔަވަހި – ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޑައިރެކްޓް ރޫޓް (އާ ރޫޓެއް)
- ރޫޓް 7 – ހުޅުމާލެ ފޭސް 2 – މާލެ (ވެސްޓް ޕާރކް)
- ހިދުމަތުގެ އަވަސްމިން: ޕީކް ގަޑިތަކުގައި 15 މިނިޓުން އޮފް ޕީކް ގަޑިތަކުގައި 20 މިނިޓުން، ރޭގަނޑު 10:00 އިން ފެށިގެން 30 މިނެޓުން
- ހިދުމަތް ދޭ ގަޑިތައް: 05:45 - 23:30
- ރޫޓް 8 – ހުޅުމާލެ ފޭސް 2 – މާލެ (ކާނިވަލް)
- ހިދުމަތުގެ އަވަސްމިން: ޕީކް ގަޑިތަކުގައި 15 މިނިޓުން އޮފް ޕީކް ގަޑިތަކުގައި 20 މިނިޓުން، ރޭގަނޑު 10:00 އިން ފެށިގެން 30 މިނެޓުން
- ހިދުމަތް ދޭ ގަޑިތައް: 05:45 – 23:30
- ރޫޓް 9 – ހުލުމާލެ ފޭސް 2– ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
- ހިދުމަތުގެ އަވަސްމިން: ޕީކް ގަޑިތަކުގައި 30 މިނިޓުން އޮފް ޕީކް ގަޑީގައި 1 ގަޑިއިރުން
- ހިދުމަތް ދޭ ގަޑިތައް: 06:00 – 00:00
އެމްޓީސީސީން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ދޭން މި ފެށީ އެ ކުންފުނިން އަލަށް ގެނައި ޑަބަލް ޑެކާ 15 ބަހާއެކުއެވެ. އެއާއެކު ޖުމުލަ 46 ބަހެއް ހިދުމަތުގައި ދެން ބޭނުންކުރާނެއެވެ. ކޮންމެ ބަހެއްގައި ގާތްގަނޑަކަށް 80 މީހުންނަށް ދަތުރުކުރެވޭއިރު އަލަށް ފެށި ބަސް ރޫޓްތަކުގެ ހިދުމަތުގެ އަގަކީ ޕަސިންޖަރަކަށް 15 ރުފިޔާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު