ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއާމަންކަމުގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް (ރޓ) އިބްރާހީމް މުހައްމަދު ދީދީ އައްޔަންކޮށްފިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށާއި ޗެއާމަންގެ މަގާމަށް އޭނާ އައްޔަންކުރީ މިއަދު ކަމަށެވެ.
އިބްރާހިމް ދީދީ އަކީ ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރެވެ. އޭނާ ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެމްބަރުކަން ވެސް ކުރައްވައިފައެވެ.
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި އިބްރާހިމް ދީދީގެ އިތުރުން ތިއްބަވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ޑރ. އަލީ އަޒްވަރު، އަހުމަދު ލަތީފު އަދި މޭޖާ (ރޓ) ތޮލްހަތު ހަސަންއެވެ.
ސްޓެލްކޯގެ ޗެއާމަންގެ މަގާމަށް އިބްރާހިމް ދީދީ އައްޔަންކޮށްފައި މިވަނީ ކުރިން އެމަގާމު އަދާކުރައްވަމުން ގެންދިޔަ މުހައްމަދު ރަޝީދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އަވާހަރަވުމާ ގުޅިގެންނެވެ. 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ސްޓެލްކޯގެ ޗެއާމަނަކަށް އައްޔަން ކުރެއްވި ރަޝީދު ވަނީ އެކުންފުންޏަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ.
އެގޮތުން ސްޓެލްކޯއާ އޭނާ އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ 1971 ވަނަ އަހަރު އެޕްރެންޓިސްޝިޕެއްގައެވެ. އޭގެ ފަހުން އިންޖިނިއަރެއްގެ މަގާމާއި ޑެޕިއުޓީ ޑިރެކްޓަރު މެނޭޖީރިއަލްގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު އަދި އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރެއްވިއެވެ.
އޭގެ އިތުރުން ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި އެކުންފުނީގެ ސީއީއޯގެ މަގާމުވެސް އޭނާ ފުރުއްވާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު