މަގުމަތިން ނަގައިގެން ފުލުހުންނާ ހަވާލުކުރި ދެ މުސަޅުގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ޖޫން 10 ވަނަ ދުވަހު ބާ ޖަމާލުއްދީން ކައިރިން ފެނިގެން އާންމު ފަރާތަކުން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ދެ މުސަޅު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަ ތިބި ކަމަށެވެ. އަދި މުސަޅުތަކުގެ ވެރިފަރާތުން ގަލޮޅު ޕޮލިހަށް ހާޒިރުވެ އެސޮރުމެންނާ ހަވާލުވުމަށް އެދޭ ކަމަށް ބުނެފައިވެއެވެ.
ފުލުހުން ވަނީ މި މުސަޅު ޖޯޑުގެ ފޮޓޯވެސް އާންމުކޮށްފައެވެ. ފޮޓޯއިން ފެންނަ ގޮތުގައި މީގެތެރެއިން އެއް މުސަޅަކީ އެއްކޮށް ކަޅު މުސަޅެކެވެ. އަދި އަނެއް މުސަޅަކީ ކަޅާއި ހުދު ކުލައިގެ މުސަޅެކެވެ.
މަގުމަތިން ހޮވައިގެން ފުލުހުންނާ ހަވާލުކުރާ ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން ދޭތެރެ ދޭތެރެއިން އިއުލާނުކުރެއެވެ. އަދި މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރާ މީހުންގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އެއްޗެހިވެސް އެ އުސޫލުން އިއުލާނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު