މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބަސް ޑްރައިވަރުން ހޯދަން އިއުލާންކޮށްފިއެވެ.

އެމްޓީސީސީން މިއަދުކުރި އިއުލާނެއްގައި ބުނީ، އެކުންފުންޏަށް 35 ބަސް ޑްރައިވަރުން ބޭނުންވާ ކަމަށެވެ. އަދި އެއީ އެއް އަހަރު ދުވަހަށް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

ބަސް ޑްރައިވަރެއްގެ މުސާރައަކީ 14،000 ރުފިޔާ ކަމަށާއި އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ އާއި ސްޓާފް މެޑިކަލް އިންޝުއަރެންސްގެ އިތުރުގެ ފައިސާ އާއި ޕެންޝަން ސްކީމް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ، ބަސް ޑްރައިވަރުގެ މަގާމަށް ކުރިމަތިލެވޭނީ ލައިސެންސް ކެޓަގަރީ (B0) ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި އެ ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 18 ވަނަ ދުވަސް ކަމަށެވެ.